ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ ސަފްވަތުގެ މައްސަލައެއް ބަލަން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ އެވެ.
މި މައްސަލައާ ގުޅިގެން ގާޒީ ސަފްވަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާތީ، 2022 ނޮވެމްބަރ 16 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި މިމައްސަލަ ތަހްގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް