ހދ. ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮތް މީހާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ތެެރެއިން ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށިން އެމީހާ ގެއްލިގެން ހޯދަމުންދާކަން ފުލުހުންނަށް އެ މީހާގެ އާއިލާއިން އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެމީހާ ދިރިއުޅޭ ގެއަށް ރޭ ދަންވަރުގެ ވަގުތެއްގައި ގޮސް ބެލުމުން، އެގޭ ތެރޭގައި އޭނާ މަރުވެފައި އޮއްވައި ފެނުނު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބެލި ގޭގައި މަރުވެފައި އޮތީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
