މާލެ އާއި ހުޅުމާލޭގައި ހިންގި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއްގައި 17 މީހަކު ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޮޕަރޭޝަނެއްގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެތަންތަން ބަލައި ފާސްކޮށް 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ ހަމީދު އިތުރަށް ވިދާޅުވިގޮތުގައި އެ އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. އަދި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
ފިޗުން ބީއެމްއެލްއަށް ކްރެޑިޓް ރޭޓިން ދީފި
