ހުޅުމާލޭ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމަށް ބޭއްވި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ހިނގަމުން ދަނިކޮށް ހިޔާ ފްލެޓަކުން އެއްލި ފެންކޮތަޅަކުން ޖެހި އެޗްޑީސީގެ މާބަނޑު މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
އެޗްޑީސީން ބުނީ ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވައިގެން ހިންގާ މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމީ އެ ކުންފުނިން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ.
"މިކަމާ ގުޅިގެން މި ކުންފުނިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ހުޅުވި ޖީޕީ ކްލިނިކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ހޯދުމަށް މަގުފަހިވާނެ ކްލިނިކެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
