ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ސްޓްރޯކާ ދުރުކޮށް ދޭނެ އެންމެ ފަސޭހަ އެއް ގޮތަކީ ކެއުމުގެ ތެރެއަށް ފަތުގެ ބާވަތްތައް ގިނަކޮށްލުމެވެ.
އެގޮތުން ފެހިކަން ގަދަ ފަތުގެ ބާވަތްތައް ކެއުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
އެ ދިރާސާގައި ބުނާ ގޮތުން ފަތުގެ ބާވަތްތައް ކޮންމެ ދުވަހެއްގެ ކެއުމުގެ ތެރޭގައި އާންމުކޮށް ބޭނުން ކުރާ ނަމަ، ސްޓްރޯކް ޖެހުމުގެ ފުރުސަތު 64 ޕަސަންޓް ދަށްކޮށްދެ އެވެ.
ހާއްސަކޮށް ލޭގެ މައްސަލަތައް ހުންނަ މީހުންގެ ފަތުގެ ބާވަތްތަކުން ސިއްހީ ބޮޑެތި ފައިދާތަކެއް ލިއްބައިދޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.
އެހެންވެ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެލި ސުފުރާ މައްޗަށް ގެންނާށެވެ. ތަފާތު ގޮތްގޮތަށް ސަޓަނި ފަދަ އެއްޗެހި ތައްޔާރުކޮށްގެން ފަތުގެ ބާވަތްތަކުގެ ރަހަ މީރުކޮށްލައިގެން ބޭނުން ކުރުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ.
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ފަތް ކެއުން ރަނގަޅީ އެއްވެސް އެއްޗަކާ މަސްހުނި ނުކޮށް.