ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީގެ ކުރިން އެ ކުންފުނިން ކޮށްފައިވާ އިއުލާނާއި އެއްގޮތަށް މިހާރު ހުޅުމާލޭގައި ގަވައިދާއި ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައި ވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑެއް ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާ ބެހޭ ގޮތުކޮށްފައިވާ ސާވޭއެއް މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުކޮށްފަ އެވެ. އެރިޕޯޓާއި ގުޅިގެން އެޗްޑީސީއިން ބުނީ ގަވައިދާއި ހިލާފަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަރާތްތަކަށް އެކި ވަރުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ ގިނަ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ވަރަށް ގިނައެވެ. އެ އުޅަނދުތައް އެ ތަނުގައި ޕާކްކޮށްފައި ހުންނަތާ ވެސް ވަރަށް ގިނަ ދުވަސްވާނެ އެވެ. މިކަމުގެ ސަބަބުން ބައެއް އާންމުންނަށް އެކަމުގެ އުނދަގުލާ ކުރިމަތިވެ، ޝަކުވާ ކޮށްފައި އެބަހުއްޓެވެ.
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް