އިނގެރޭސިވިލާތުގައި ކޮވިޑްގެ އާ ވައްތަރެއް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، އެގައުމުން ރާއްޖެ އަންނަ މީހުން ކަރަންޓީނުކުރަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ.
އެ ފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުހަށްފަހު އަދި 10 ދުވަހަށް ފަހު ކޮވިޑަށް އަށް ޕީސީއާރް ޓެސްޓު ކުރާނެ އެވެ.
އިނގެރޭސިވިލާތުން އަންނަ އެންމެން ވެސް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އިނގިރޭވިލާތުގައި ކޮވިޑްގެ އާ ވައްތަރެއް ފެތުރެމުން އަންނާތީ ދުނިޔޭގެ ބައެއް ގައުމުތަކުން އަންނަނީ އެގައުމާއެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން ކަނޑާލަމުންނެވެ.
ދިއްލީގެ ސަލާމަތީ ބާރުތަކަށް އަރިޖީތުގެ ފާޑުކިޔުން އަމާޒުވެއްޖެ
ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
