ސިދްހާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީއަކީ ބޮލީވުޑް ތަރިންގެ ތެރެއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ދެ ތަރިންނެވެ.
މި ދެތަރިން މިފަހުން ކައިވެނި ކޮށްފައިވާއިރު ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ފިލްމަކުން ދެ ތަރިން އެކުގައި ފެނިދާނެ ކަމުގެ އަޑުތައް މިވަނީ އަރާފަ އެވެ.
ކަރަން ޖޯހަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ދެ ތަރިން ފެނިގެންދާނީ ރޮމޭންޓިކް ކޮމެޑީ ރޯލަކުންނެވެ.
މިއީ ސިދްހާތުއާއި ކިއާރާ އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ. މީގެ ކުރިން އެދެތަރިން ވަނީ 2021 ވަނަ އަހަރު ނުކުތް ޝޭރަޝާހްގައި އެކުގައި ފެނިފަ އެވެ.
އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފަ އެވެ.
މީކާއީލް ނުކުންނެވީ ޕާޓީ ހިންގުމުގެ މެނިފެސްޓޯއަކާއެކު: ސޯލިހު
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ޗާގޯސް އެމެރިކާއިން ގަންނަނީ