އަންނަ މެއި މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައަށް ތާޖު އެރުވުމުގެ ރަސްމިއްޔާތަށް ޕްރިންސް ހެރީގެ ދެކަނބަލުންނަށް ދައުވަތު އަރުވައިފި އެވެ.
ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތަށް ހެރީއާއި މޭގަންއަށް ރަސްގެފާނުގެ އޮފީހުން ދައުވަތު ފޮނުވި ނަމަވެސް އެއަށް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އެހެން ކަމުން އެދެމަފިރިން ވަޑައިގަންނަވާކަން ނުވަތަ ނޫންކަން ޔަގީން ނުވާ ކަމަށެވެ.
ޝާހީ ރަސްމިއްޔާތަކަށް ހެރީއާއި މޭގަންއަށް ދައުވަތު އަރުވާފައި މިވަނީ އެ އާއިލާގެ ތެރޭގައި ނުތަނަވަސްކަން އުފެދި ހެރީގެ ދެކަނބަލުން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރައްވާފައި ވަނިކޮށެވެ.
ހެރީއާއި މޭގަން މި ރަސްމިއްޔާތަށް ވަޑައިގެންފިނަމަ ވެގެންދާނީ ރާނީ އަވަހާރަ ވުމަށްފަހު ޝާހީ އާއިލާގެ ހުރިހާ ބޭފުޅުން އެއްތަންވާ ފުރަތަމަ ފަހަރަށެވެ.
ކޮރޯނޭޝަންއަށް ހެރީއާއި މޭގަންއަށް ދައުވަތު އަރުވާފައި މިވަނީ އެދެކަނބަލުންގެ ކައިވެނީގެ ހަދިޔާއަކަށް ރާނީ އެލިޒަބަތު އެރުއްވި ފްރޮގްމޯ ކޮޓޭޖް ހުސްކުރަން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގެކޮޅު ހުސްކުރުމާއެކު ދެން ހެރީގެ އާއިލާ އިނގިރޭސި ވިލާތަށް ވަޑައިގަންނަވާ ދަތުރުތަކުގައި ހުންނަވާނެ ތަނަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ