ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ފިލްމީ ދާއިރާއާ ކުޑަ ދުވަސްކޮޅަކަށް ދުރަށް ދާން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވަނީ އޭނާއަށް ގިނަ ހުށައެޅުންތަކެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް ހުށައެޅުމެއް ގަބޫލުކޮށްފައިނުވާ ކަމަށެެވެ.
"އަމިއްލަ ނަފްސަށް ވަގުތު ދޭން ބޭނުންވޭ. މިވަގުތަށް އިތުރު ފިލްމަކަށް ސޮއި ކޮށްފައެއް ނުވާނެ" ރަންބީރު ބުންޏެވެ.
ރަންބީރު އިތުރަށް ބުނީ އޭނާގެ އަލަތު ދަރިފުޅު ރަހާ ކަޕޫރާއެކު ގިނަ ވަގުތު ހޭދަކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ފިލްމީ ދާއިރާއިން ދުވަސްކޮޅަކަށް ދުރަށް ދާން ވިސްނާ ކަމަށެވެ.
ޔަޝް ރާޖް ފިލްމްސްގެ ދޫމް 4އެއްގައި އެކްޓު ކުރުމަށް އޭނާއަށް ހުށައަޅާފައިވާ ކަމަށް އަރާފައިވާ އަޑުތަކާ ބެހޭގޮތުން ރަންބީރު ބުނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައިނުވާ ކަމަށެވެ.
ރަންބީރު މިހާރު ހަރަކާތްތެރިވަނީ މާދަމާ ސިނަމާތަކަށް އަންނަން ހަމަޖެހިފައިވާ އޭނާގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގެ ޕްރޮމޯޝަންތަކުގަ އެވެ. އެފިލްމުގައި ރަންބީރާއެކު ފެނިގެންދާނީ ޝްރައްދާ ކަޕޫރެވެ.
މިދިޔަ އަހަރު ކުރީކޮޅު ފިލްމީ ތަރި އާލިއާ ބަޓްއާ ކައިވެނިކުރި ރަންބީރަށް އަލަތު ދަރިފުޅު ލިބިފައިވަނީ ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"