އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޑިރެކްޓަ އޮފް މެޑިކަލް ސަރވިސްގެ މަގާމަށް ޑރ. ޔޫސުފް ޝާން ހަމަޖައްސަވައިފި އެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޑރ. ޝާން މިމަޤާމަށް ހަމަޖައްސާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޑރ. އަލީ ނަޒީމްގެ ދައުރު ހަމަވުމާ ގުޅިގެން ކަމަށެވެ. އަދި މަގާމުގައި ހުންނަވާ ޑރ. ޢަލީ ނަޒީމް ކުރެއްވި އަގުހުރި ޚިދްމަތްތަކުގެ އަގު ވަޒަންކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޑރ. ޔޫސުފް ޝާންއަކީ މިވަގުތު ރާއްޖޭގައި ތިއްބެވި ކަށީގެ ޑޮކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޑޮކްޓަރެވެ. އޭނާ ވަނީ ރާއްޖޭގައި ކަށީގެ ކާމިޔާބު ބޮޑެތި އޮޕަރޭޝަން ތަކެއްވެސް ކުރައްވާފަ އެވެ.
ސީއައިއޭގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ރަޝިޔާއިން އެހީވި
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް
