ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ކޮއްކޮ އަނީޝާ ޕަދުކޯން ރާއްޖޭއަށް ޗުއްޓީ ހޭދަކުރުމަށް އަތުވެއްޖެ އެވެ.
އިންޑިއާގެ ގައުމީ ހޮކީ ޓީމުގައިވެސް ހިމެނޭ އުމުރުން 27 އަހަރުގެ އަނީޝާ ރާއްޖެއަށް އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އަނީޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގަ އެވެ.
ރާއްޖޭގައި އޭނާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.
އަނީޝާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު ދިޕިކާވެސް މީގެ ކުރިން ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވެ އެވެ.
މިދިޔަ މަހު އަނީޝާ އާއި ދިޕިކާ ވަނީ ބޫޓާންގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ދީޕިކާ ޕަދުކޯން އާއި އަނީޝާ ޕަދުކޯން އަކީ އިންޑިއާގެ ބެޑްމިންޓަން އައިކަން ޕްރަކާޝް ޕަދުކޯން، އަދި އުޖާލާ ޕަދުކޯންގެ ދަރިންނެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!