ފާޅުކަންބޮޑުގޮތެއްގައި ދިވެހި އަންހެނަކު ސޯޝަލް މީޑިއާގައި އަމިއްލަ ބަރަހަނާ ފޮޓޯ ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ އަންހެން މީހާ އަމިއްލަ ބަރަހަނާ ފޮޓޯ ވިއްކަނީ އޭނާގެ އަމިއްލަ ޓްވިޓަރ އަދި އންސްޓަގްރާމްގައި އެވެ. ފޮޓޯތައް ހުންނަނީ އޭނާގެ މޫނު ނާރަނެހެންނެވެ. އަދި އެފޮޓޯތައް ދިވެހިންނަށާއި ބޭރުގެ ވެބްސައިޓްތަކަށް އޭނާ ވިއްކަ އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން މާބޮޑު ތަފްސީލެއް ނުދެ އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ފާހަގަވެގެން ބަލަމުން އަންނަ ކަމަށެވެ.
ފާޅުކަންބޮޑު ގޮތެއްގައި އެއަންހެން މީހާ އޭނާގެ ބަރަހަނާ ފޮޓޯ ވިއްކަން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިމައްސަލަ މީޑީއާގެ ސަމާލުކަމަށް އައުމުން މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިއެކްޓިވޭޓް ކޮށްފަ އެވެ.
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
ބޭހުގެ މައްސަލަ ތިން މަސް ތެރޭ ހައްލުވާނެ: ރައީސް
