ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫ ފައްޓަވައިދެއްވީ އައްޑޫގައި ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސް މިހާރު އައްޑުއަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިންނެވެ.
އައްޑޫގައި ހިންގާ ފަސް މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރުމަށް 17 މިލިއަން ޑޮލަރު ހަރަދުވެ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ގަން އެއާޕޯޓު މަޝްރޫއުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމުކުރާނެ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއު ނިމުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ދަތުރުތައް ގަން އެއާޕޯޓަށް ފެށުމަށް މަގުފަހިވެ، އައްޑޫގެ ޓޫރިޒަމް އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
