ފޯނަކީ މިހާރު އެއާ ނުލާ އަހަރުމެންނަށް އުޅެން ދަތިވެފައިވާ ވަސީލަތެކެވެ. ކެއުމުން ފެށިގެން މަސައްކަތުގައި ވެސް ފޯނު ގެންގުޅެވޭ އިރު އެއާ ނުލާ ތަނަކަށް ދިއުމަކީ މިހާރު ނުވާނެ ކަމެކެވެ.
ހަމައެއާއެކު ނިދާ ވަގުތުގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ކަންފަތް ދޮށުގައި ބާއްވައިގެން ނިދާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކަންފަތް ދޮށުގައި ފޯނު ބާއްވައިގެން ނިދުމަކީ މީހާގެ ސިކުނޑިއަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިވާ އަދި ކެންސަރަށް ވެސް މަގުފަހިވާ ކަމެކެވެ.
ކައިރީގައި ފޯނު ބާއްވައިގެން ނިދުމުން ފޯނުން ބޭރު ކުރާ ރޭޑިއޭޝަންގެ ސަބަބުން މީހާގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ އިތުރުން ދަރިމައިވުމަށް ވެސް ހުރަސްއަޅާ ކަމަށް އެ ދިރާސާގައިވެ އެވެ.
ކެލެފޯނިއާގެ ހެލްތު ޑިޕާޓްމަންޓުން ހެދި އެ ދިރާސާއިން ދައްކާ ގޮތުގައި ފޯނުން ދޫކުރާ ރޭޑިއޭޝަނުން ސިކުނޑިއާ ހަމައަށް ވާސިލްވެ އަދި އެގޮތުން ވާސިލްވާ ރޭޑިއޭޝަންގެ ސަބަބުން ހެދި ބޮޑުވަމުން އަންނަ ސިކުނޑިއަށް ވެސް އެއިން ނޭދެވޭ އަސަރުތައް ކުރެ އެވެ.
އެހެން ކަމުން ފޯނު ގެންގުޅުމުގައި އެންމެ ރައްކާތެރި ގޮތަކީ އަތް ދަބަހަށް ފޯނު ލައިގެން ގެންގުޅުން ކަމަޓަ އެ ދިރާސާގައި ލަފާ ދީފައިވެ އެވެ.
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
އެމެރިކާގެ ހަތިޔާރު ހުސްވަމުންދާތީ ހަމަލާތައް މެދުކަނޑާލައިފި