ރާއްޖެއަށް ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ދަތުރުނުކުރަން އިލްތިމާސްކޮށް އިނގިރޭސިވިލާތުން ވަނީ ދާދިފަހުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ.
އެކަމާ ގުޅިގެން އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރުނީ ހަމައެކަނި ރާއްޖެއަށް ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެ ގައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮލިން ރޮސްލާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
ދޭތެރެ ދޭތެރެއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ގައުމުތަކުގެ ސިޔާސީ، އިގްތިސޯދީ، އިޖްތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ބޮޑެތި ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް އާކުރެއެވެ.
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
