މާލޭގައި ހަދަމުންދިޔަ ގެއެއްގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައިވާ މީހަކު އޮތްކަމުގެ މަޢުލޫމާތު މިއަދު 1:20 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ އޭޑީކޭއަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ ކަރަންޓްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ އެކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި