ފުވައްމުލަކުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީ ހިނގީ އިއްޔެ ހަވީރު އެވެ. އެ މަރާމާރީގައި 37 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. މިއަދު ހެނދުނު އޭނާ މާލެ ގެނައިއިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ.
އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މެޗުގައި އީރާނަށް ޕޮއިންޓެއް، ބެލްޖިއަމް އާއި މިސްރު އެއްވަރު
"މޭ ވާޕަސް އާއުންގާ"އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް!
މެސީގެ ރެކޯޑް ހެޓްރިކާއެކު އާޖެންޓީނާއަށް ރަނގަޅު ފެށުމެއް
