އިންޑިއާގައި ޓޮމާޓޯގެ އަގު އުފުލެމުން ދާތީ ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އާޖްތަކްއަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ އޭނާގެ ގެއަށް ތަރުކާރީ ގަންނަނީ ދެ ދުވަހަށްވާ ވަރަށް ކަމަށެވެ. އެހެން ނަމަވެސް ޓޮމާޓޯ ލިބުން ދަތިވުމާއެކު ގިނަ އަދަދަކަށް ޓޮމާޓޯ ގަންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އޭގެ އިތުރުން ވެސް ސުނިލް ވަނީ ޓޮމާޓޯގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ ކެއުމުގައި ޓޮމާޓޯ ބޭނުން ކުރުން މަދުކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.
ޚުދު އޭނާގެ ގޭގައި ވެސް ގަސް ހައްދާ ކަމަށް ބުނަމުން ސުނިލް ބުނީ އޭނާ ޓޮމާޓޯ ގަންނަނީ ސީދާ ދަނޑުވެރިންގެ އަތުން ކަމަށާއި އެގޮތަށް މާ ތާޒާ ޓޮމާޓޯ ލިބޭ ކަމަށެވެ.
ޓޮމާޓޯއަކީ އިންޑިއާ މީހުންގެ ކެއްކުުމުގައި އާއްމުކޮށް ބޭނުންކުރާ ތަރުކާރީއެކެވެ. ރިހަތަކުގެ އިތުުރުން ބަތް ކައްކާއިރު ވެސް ޓޮމާޓޯ ބޭނުން ކުރެވެ އެވެ.
އެހެން ނަމަވެސް މޫސުމަށް އައި ބަދަލުތަކާއެކު ޓޮމާޓޯ ލިބުން ދަތިވެ އިންޑިއާގެ ބާޒާރުގައި ޓޮމާޓޯގެ އަގު ވަނީ 400 ޕަސެންޓް މަތިވެފަ އެވެ.
މޫނު ދުޅަވީ "ފިލާސް" ގޯސް ވެގެންނެއް ނޫން: އުރްފީ
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު