ވެރިކަމަކީ ޒުވާން ކަމުގެ ރޫހުގައި ކުރެވޭނެ ކަމެއް ކަމަށާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މުސްކުޅިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާންކަމުގެ ރޫހުގައި ކުރެވޭނެ ކަމެއް ކަމަށާއި ވެރިކަން ކުރަންވީ ޒުވާން އުމުރުގައި ކަމަށެވެ.
"ވެރިކަމަކީ ޒުވާން ކަމުގައި ކުރެވޭނެ ކަމެއް. އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހުއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނު މިހާރު މުސްކުޅި ވެއްޖެ ކަމަށެވެ.
"ރައީސް ސޯލިހަށް ދަންނަވާލަން އޮތީ މަނިކުފާނު މުސްކުޅިވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރު ދޫވީމާ އަރިސް ބޭފުޅުން ލައްވާ ވެރިކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަށް ރައްޔިތުންނަށް ކުރާނެ މަންފާއެއް އެކަމުން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ގެ ވެރިކަމުގައި ގެނައި ބޯހިޔާވަހި ކަމުގެ ނިޒާމާ ދަތުރުފަތުރުގެ ނިޒާމަކީ އުމުރުން 50 އިން މަރުވީމަ ގެނެވޭނީ ކަންތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން

ދުނިޔޭގެ ބޮޑެތި ގައުމު ތަކަށް އުދުހިފައި ހިނގައްޖައީމު. ގިނަ ގއުމު ތަކުގެ ވެރިންނަކީ މުސްކުޅިން.