ރާޖަސްތާން (17 ޖެނުއަރީ) - އިންޑިއާގެ ރާޖަސްތާން ސިޓީގައި 50 މީހުން ގޮވައިގެން ދަތުރުކުރި ދިޔަ ބަހެއްގައި ރޯވެ ހަ މީހަކު މަރުވެއްޖެ އެވެ.
ރާޖަސްތާން ފުލުހުންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އަލިފާނުގެ ހާދިސާ ދިމާވީ ޖޭލޯ ޑިސްޓްރިކްޓްގަ އެވެ. އަދި އެ ހާދިސާގައި ބަހުން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ ބަސް ދަތުރުކުރި މަގުގެ އެއްފަރާތުގައި އަޅާފައި އޮތް ކަރަންޓް ކޭބަލްއެއްގައި ޖެހިގެން ބަހުގައި އަލިފާން ހިފުމުގެ ސަބަބުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަދި ރާޖިސްތާނުގެ ޗީފް މިނިސްޓަރު އަޝޯކް ގަލޮޓް ވަނީ ހާދިސާގައި މަރުވި މީހުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އިންޑިއާގައި އަހަރެއްގެ މައްޗަށް 150،000 މީހުން ޓްރެފިކް އެކްސިޑެންޓްތަކުގައި މަރުވާ ކަމަށްވެ އެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
