މާލޭގައި ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ހިފަހައްޓައި އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެސްޓް ހައުސްއެއް ތެރޭ ފިރިހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށްފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި އެމީހާގެ ބެންކް އެކައުންޓުން ފައިސާ ގަދަކަމުން ޓްރާސްފާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ފޭރުނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމައެެއް ނުކުރެ އެވެ.
އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!
ދުނިޔޭގެ ފަސް ގައުމަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފި
