ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ހުރިހާ ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
މެމްބަރު ޔާސިރު އެމްޑީޕީ ދޫކޮށްލެއްވީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށްފަހު އެވެ. މިރޭ މެމްބަރު ޔާސިރާއި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފަ އެވެ.
އެބޭފުޅުން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީގައި އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރޭގައި ވެސް ޔާސިރު ހިމެނިވަޑައިގަންނަވަ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
