ސީ ޕްލޭންގެ މައި ހަބަކާއި 6،000 ޓުއަރިސްޓު އެނދުގެ މަަަޝްރޫއެއް އައްޑޫ ސިޓީގައި ހިންގާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް މިހާރު އައްޑު ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އައްޑުގެ އައްސޭރި ޓޫރިޒަމް ކޮންސެޕްޓް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އައްޑޫގައި އައްސޭރި ޓުއަރިޒަމް ފެށުމުން 6000 އެނދުގެ ގައިމްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ އައްސޭރި ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ސަރުކާރުން އެ އިންވެސްޓްމެންޓުގައި ބައިވެރިވެ ދެމެހެއްޓެނިވި މަޝްރޫއެއްގެ ގޮތުގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއު ކުރިޔަށް ގެންދެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އައްސޭރި ޓުއަރިޒަމް އާއި އެކު އައްޑޫސިޓީގައި ސީ ޕްލޭން ހަބެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިމަޝްރޫއިން ދިހަހާސް ވަޒީފާ އުފެދިގެން ދާނެ. އަދި މިފަދަ މަޝްރޫއެއް ހިންގުމުގެ ސަބަބުން މާލޭގައި އޮތް ސީ ޕްލޭންގެ މައި ހަބު ފަދަ ހަބެއް އައްޑޫ ސިޓީއަށް އަންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް އަޅައިދޭން މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މުއިއްޒު ވިދާޅުވީ އެބްރިޖަކީ ހަމަ އެކަނި ދެރަށް ގުޅަލާ ބްރިޖެއް ނޫން ކަމަށާއި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅޭ ފާޅަމެއް ކަމަށެވެ.
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
