އެޑީޕީން އަންނަ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގެ ފަހު ބައި ލޯންޗުކުރުމަށް މާދަމާ ރޭ ތަފާތު ކެމްޕޭން ހަރަކާތެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ސޯޝަލް ސެންޓަރުގައި ބާއްވާ އެ ހަރަކާތުގައި ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ހަރަކާތަކީ އެހެން ސިޔާސީ ހަރަކާތްތަކާ މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓަކަށް ވާނެ ކަމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ޖަގަހަތަކާއި ކެމްޕޭން ޖަލްސާތަކުގެ އިތުރުން ކަންމަތީ ބައްދަލުވުންތައް ވެސް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރި ޕާޓީކަމަށެވެ. މާދަމާ ރޭގެ ހަރަކާތަކީ ވެސް ރާއްޖޭގެ ސިޔާސީ މައިދާނަށް އެމްޑީޕީން އަލަށް ތައާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރުވާނެ ނަމްބަރެއް ކަމަށް އެ ޕާޓީން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ގެންދަވަނީ ރ. އަތޮޅުގެ ރަށްތަކަށް ކެމްޕޭން ދަތުރުފުޅެއް ކުރައްވަމުންނެވެ.
މިހާތަނަށް އެ ޕާޓީން ވަނީ ޒުވާނުންނާއި އަންހެނުންގެ ތަރައްގީއަށް ކަނޑައަޅާފައިވާ ކަންކަން އިއުލާންކޮށްފަ އެވެ.
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
