ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ދިޔަމިގިލީ ފެނަކަ އާ އޮފީސް ޢިމާރާތް އަދި ކުޑަކުދިންގެ ޕާކު ހުޅުއްވައިދެއްވައިފި އެވެ.
ރައީސް މިތަންތަން ހުޅުއްވައި ދެއްވީ، މިއަދު އެމަނިކުފާނު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
މިއަދު ރައީސް ހުޅުއްވައިދެއްވި، ފެނަކަ އާ އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް އިމާރާތެކެވެ. މީގެ އިތުރުން ރައީސް މިއަދު ހުޅުއްވައި ދެއްވި ދިޔަމިގިލީ ކުޑަކުދިންގެ ޕާކަކީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި، ދިޔަމިގިލީ ކައުންސިލް، އަދި ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ހަދާފައިވާ ޕާކެކެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"