މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު އަދުހަމް ވަކިކޮށްފިއެވެ.
ޕޯސްޓްގެ ޑީއެމްޑީ ކަމަށް އަދުހަމް ހަމަޖައްސާފައި ވަނީ 2020 އޮގަސްޓް އަށް ވަނަ ދުވަހު އެވެ. އޭނާ އަކީ އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ރައީސެވެ.
އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ސަބަބަކީ ސަރުކާރާ ދެކޮޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައިވުމެވެ.
އަދުހަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުކެވެ.
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
