މަޝްހޫރު ސުޕަމޮޑެލް ޖީޖީ ހަޑީޑް އަދި ލަވަކިޔުންތެރިޔާ ޒޭން މަލިކްއަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަންހެން ކުއްޖަކު ލިބިފަ އެވެ. އޭގެ ހަތަރު މަސްފަހުން މިވަނީ އެ ކުއްޖާއަށް ކިޔާ ނަން ހާމަކޮށްފަ އެވެ.
މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޖީޖީގެ އިންސްޓަގްރާމްގެ ބަޔޯގައި މިހާރު ލިޔެފައިވަނީ އޭނާ އަކީ "ޚާއީގެ މަންމަ" ކަމަށެވެ. އެހެން ކަމުން އެ ކުއްޖާގެ ނަމަކީ ޚާއީ ކަމަށް މިވަނީ ބެލެވިފަ އެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ޖީޖީ ވިހެއިކަން އިއުލާނުކުރުމަށް ޒޭން ކުރި ޓުވީޓުގައި ލިޔެފައިވަނީ "ބޭބީގެ ސިއްހަތު ރަނގަޅުވެފައި ރީތި" ކަމަށެވެ.
ހަތަރު މަސްވެގެން ދިޔަ އިރު މިހާތަނަށް ޖީޖީ އަދި ޒޭން ދަރިފުޅުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
