އަދާލަތު ޕާޓީން ނިންމާފައިވާ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުއާ އެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފި އެވެ.
އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދި ދެ ޕާޓީގެ ތެރެއިން ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެ ކޯލިޝަނުން ވަކިވާން ނިންމައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ރޭ ނިންމުމާ ގުޅިގެންނެވެ.
އަދާލަތު ޕާޓީން ބުނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ޞޯލިޙަށް ތާއިދުކުރުންމަތީ ދެމި އޮންނާނެ ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ޞޯލިޙަށް ތާއިދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި އަދާލަތު ޕާޓީން ކުރަނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.
އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ އެމްޑީޕީގެ ކޯލިޝަނުން ވަކިވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރުމަށެވެ. ދެ ވަނަ ބުރުގައި ރައީސަށް ތާއިދު ކުރަން ވޯޓު ދެއްވީ ކައުންސިލްގެ ދެ މެންބަރުންނެވެ.
ޖޭޑީ ވޭންސް އަދި އުޝާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި

ޢަދާލަތުން ތިބުން ނޫންގޮތެެއް ނޯންނާނެ އަދި ތިއްބަސް ލިބޭނެ ވޯޓެއް ނޯންނާނެ އެކަމު އިބޫއަށް ކާމިޔާބު ވެއްޖެ ނަމަ އެބައިމީހުންގެ މަގާމްތައް ދެމި އޮންނާނެ