އއ. ތޮއްޑޫ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭ އިން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ތޮއްޑު އިން ޕޮޒިޓިވްފެފައި ވަނީ އެރަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ އައި ޕްރީސްކޫލް ޓީޗަރެކެވެ. އެ ޓީޗަރާ ކޮންޓެކްޓްވި ބައެއް ޓީޗަރުންނާއި ދަރިވަރިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އެ ޓީޗަރުގެ ގަޔަށް ބަލި އެރި ސަބަބެއް އަދި ލަފާކޮށްލާކަށް ވެސް ނޭނގޭ ކަމަށް ތޮއްޑޫ ސިއްހީ މަރުކަޒުން ބުންޏެވެ.
ތޮއްޑޫގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައި ވަނީ ގއ. ދެއްވަދޫ، ގއ. ދާންދޫ އަދި މ. ކޮޅުފުށި އެވެ.
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
