މަޝްހޫރު ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ 8 ވަނަ ސީޒަން ފެށެން ކުޑަތަން ވެފައިވާއިރު އެ ޝޯގައި މިފަހަރު ފެނިގެންދާނެ ތަރިންނާ މެދު މިހާރު އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.
ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން މިފަހަރުގެ ސީޒަންއިން ވެސް ފެންނާނެ ކަމަށް ބެލެވޭއިރު ފާހަގަކޮށްލެވޭ ބައެއް ތަރިން ވަނީ ޝޯއަށް އިންކާރު ވެސް ކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ ޒުވާން އެކްޓަރު ކާތިކް އާރްޔަން އެވެ. ކާތިކް ވަނީ ކޮފީ ވިތު ކަރަންގެ 8 ވަނަ ސީޒަންގައި ބައިވެރިވުމަށް ލިބުނު ފުރުސަތު ދޫކޮށްލާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކާތިކް އެ ފުރުސަތު ދޫކޮށްލީ އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން އާއްމުކޮށް ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ.
އެހެން ނަމަވެސް މި ހަބަރާއެކު ކާތިކްއާއި ޝޯގެ ހޮސްޓް ކަރަން ޖޯހަރުއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ކާތިކް ވަނީ ކޮފީ ވިތު ކަރަންގެ ކުރީގެ ސީޒަންތަކުގައި ފެނިގެން ގޮސްފަ އެވެ. އޭނާއާ ބެހޭ ގޮތުން އެ ޝޯގައި ވަރަށް ގިނައިން ވާހަކަވެސް ދެކެވެ އެވެ.
ކޮފީ ވިތު ކަަރަން 8ގެ ފުރަތަމަ ޓްރެއިލާ އާއްމުވެފައިވާއިރު އޮކްޓޯބަރު 26ގައި ޑިޒްނީ ހޮޓްސްޓާއިން ގެނެސްދޭ އެންމެ ފުރަތަމަ އެޕިސޯޑުގައި ފެންނާނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހް ކަމަށް ބެލެވެ އެވެ.
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!