ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ނެޓްފްލިކްސްގެ ޓީން ފިލްމު " ދަ އާޗީސް"ގެ އެންމެ ފުރަަތަމަ ޓްރެއިލާ އާއްމުކޮށް ދައްކާލައިފި އެވެ.
ޝޯގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު އޭނާގެ އިންސްޓަގުރާމް އެކައުންޓަށް ދޫކޮށްލި އެ ޓްރެއިލާގައި ފެނިގެންދަނީ ފުރާވަރުގެ ކޮލެޖް ދަރިވަރުންތަކެއްގެ މެދުގައި އޮންނަ ގުޅުމާއި ދިރިއުޅުމުގައި ދމާވާ ގޮންޖެހުންތަކާ އެމީހުން ކުރިމަތިލާ ގޮތެވެ.
އެގޮތުން ކިޔަވަމުން އަންނަ ދުވަސްވަރު އެކުވެރިންގެ މެދުގައި އޮންނަ ދޭދޭ ގުޅުމާއި ކޮލެޖްގެ ވަކި ސަރަހައްދެއް ވިއްކާލުމާ ދެކޮޅަށް ދަރިވަރުންތަކެއް ކުރާ މަސައްކަތް ވެސް ޓްރެއިލާގައި ފެނިގެންދެ އެވެ.
"ދަ އާޗީސް"އަކީ ބޮލީވުޑްގެ ސްޓާ ކިޑްސްގެ ގޮތުގައި މަޝްހޫރުވެފައިވާ ސުހާނާ ޚާން، އަގަސްތުޔާ ނަންދާ އަދި ޚުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.
ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ދަ އާޗީސްއަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވި "އާޗީސް" ކޮމިކްސް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ދައުރު ނިމުމުގެ ކުރިން ހައުސިން މަޝްރޫއުތައް ނިންމާ ހަވާލުކުރަނީ
ދިރާގުން މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ އޮފާތަކެއް
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!