ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި، ހަމަސް ދުވަހުގެ ތެރޭގައި ޓެކްސީ ގަވާއިދާ އެއްގޮތަށް ބަދަލު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ގަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ އިއުލާނުގައި ވަނީ ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ދޮރުތަކުގައި ހުންނަން ޖެހެނީ އެތެރެ ފެންނަ ސާފު ބިއްލޫރި ކަމަށެވެ. އެގޮތުން ޓެކްސީ ގަވާއިދުގެ 11 ވަނަ މާއްދާގައިވަނީ ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަ ގޮތަށް ކަމަށެވެ. އެހެންކަމުން ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖަހައިގެން ދުއްވުމަކީ މަނާ ކަމެއް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ގަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް މިއަދުން ފެށިގެން ހަމަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ ގޮތުން ޓެކްސީކުރާ އުޅަނދުތަކުގެ ހަތަރު ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި

މިނިސްޓަރުންގެ ކާރޯ (ރައްޔިތުންގެ ލާރި)