މާލޭގައި ގެއެއްގެ ބެލްކަނި ވެއޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ބެލްކަނި ވެއްޓި އަނިޔަވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންނެވެ. އަނިޔާވެފައި ވަނީ 24 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގެއެއްގެ ބެލްކަނި ވެއްޓި މީހަކަށާއި މަގުމަތީ ޕާކު ކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ވެއްޓިފައި ވަނީ ޖަވާހިރު މަގުގައި ހުންނަ ގެއެއްގެ ބެލްކަންޏެވެ. ބެލްކަނި ވެއްޓި އެ މަގުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލް ތަކަކަށް ވަނީ ގެއްލުން ވެފަ އެވެ.
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
