ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުމަކީ އާންމުކޮށް ޖެހޭ ބަލިތަކެވެ. ގިނަ މީހުންނަކީ ބޭސް ބޭނުންކުރަން ބޭނުން ނުވާ މީހުންނެވެ. އެފަދަ ފަރާތްތަކަށް ވިކްސް ބާމަކީ އެންމެ ރާހަތް ކުރުވަނިވި ފަރުވާ އެވެ.
ގިނަ މީހުން ރޯގާ ޖެހުމުން ވިކްސް އާންމުކޮށް ހާކަނީ ނިއްކުރިއާއި މޭގަ އެވެ. މިގޮތަށް ކަންކޮށްގެން ގިނަ ބަޔަކަށް ލުއިތަކެއް ވެސް ލިބެ އެވެ. އެހެން ނަމަވެސް މިއަށްވުރެ ވެސް ރަނގަޅު ގޮތެއް އެބަ އޮތެވެ.
އެގޮތުން ރޯގާގެ ސަބަބުން ކެއްސާ ކިނބިހި އަޅާނަމަ އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ ކުރިން ފައިގައި ވިކްސް ބާމު އުނގުޅުމަށްފަހު އިސްޓާކީނަކަށް އެރުން ކަމަށް ސައިންސްވެރިން ބުނެ އެވެ.
ޑޮކްޓަރުން ލަފާދީފައިވާ ގޮތުގައި ކެއްސުން އިތުރު ވާނަމަ އެއީ އެހެން ބައްޔެއްގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެ އެވެ. އެހެެންކަމުން މިކަންކަމަށް ސަމާލުވެލުމަށް ޑޮކްޓަރުން ލަފާދީފައިވެ އެވެ.
އެގޮތުން ތިން ދުވަހަށް ވުރެ ކެއްސުން ދިގުވެގެންދާ ނަމަ އެއީ ވައިރަލް ހުމެއް ކަމުގައި ބެލެވިދާނެ އެވެ. އެއާއެކު ނޭވާލާން އުނދަގޫވެ ކެއްސާ ހޮޑުލެވޭނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.
އިތުރު ލިޔުންތައްލައިފްސްޓައިލް ސިއްހަތު
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އީރާނުގެ ހަނގުރާމަ ރަތްކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ