ކ. ތިލަފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއްގެ އަތުން ވަގަށް ނެގި ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިއަދު ބުނީ، 59،500 ރުފިޔާގެ ވައްކަމުގެ އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނާއި، އެ މީހުން ދާނެ ތަންތަން ބެލުމަށް ސީސީޓީވީ ފުޓޭޖް ބެލި ކަމަށެވެ. އަދި ވަގަށް ނެގި ބައެއް ފައިސާ ފެނިފައި ވަނީ ތިލަފުށީ ސައިޓެއްގައި ހުރި ޖަމްބޯ ބޭގެއްގެ ތެރެއިންކަމަށާއި، ބާކީ ފައިސާ ފެނިފައި ވަނީ ބަގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންފާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 10ގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި ގެއްލުނު ފައިސާ މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިފާޓްމެނޓުން މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
