ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ"އާ ގުޅުވައިގެން އޭނާގެ ސަޕޯޓަރުންނަށް ހާއްސަކޮށް ދުބާއީގައި ހާއްސަ އިވެންޓްތަކެއް ބާއްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ އިވެންޓްގައި ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާގައި ޑަންކީގެ ޓްރެއިލާ ވަނީ ދައްކާލާފަ އެވެ.
މީގެ އިތުރުން ވެސް ޑަންކީގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައި ކުލަގަދަ ޑްރޯން ޝޯއެއް ވަނީ ބާއްވާފަ އެވެ. އެ ޝޯގެ ތެރެއިން ޝާހްރުކް ޚާންގެ މަޝްހޫރި "އެސްއާރްކޭ ޕޯޒް" ދައްކާލާފައިވެ އެވެ.
ހަމައެއާއެކު ޝާހްރުކް ޚާންއާއި އޭނާގެ ސަޕޯޓަރުން އެއް ތަނަކުން ބައްދަލުވެ އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވޭ އިވެންޓެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި "ޑަންކީ" މިއަދު ރިލީޒް ކުރެވޭއިރު ފިލްމުގެ އެޑްވާންސް ބުކިންގެ ގޮތުގައި ވެސް ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
އަމީނީ މަގުގައި އަލުން ތާރުއަޅަން ފެށޭނެ ދުވަހެއް ނޭނގޭ
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް