ބޮލީވުޑް ފިލްމުތަކާއި އެނޫން ވެސް އިންޑިއާގެ ފިލްމުތައް ރާއްޖޭގައި ޝޫޓު ނުކުރުމަށް ފެޑެރޭޝަން އޮފް ވެސްޓް އިންޑިއާ ސައިން އެމްޕްލޯއީސް (ފްވައިސް)އިން ގޮވާލައިފި އެވެ.
އެ ޖަމާއަތުން މިކަމަށް ގޮވާލާފައި މިވަނީ ރާއްޖޭގެ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ބޭފުޅުންތަކެއް އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފުރައްސާރަ ކުރުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހީނަރުވެފައި ވަނިކޮށެވެ.
ފްވައިސްއިން ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝޫޓިންތައް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ބުނެފައިވާއިރު އޭގެ ބަދަލުގައި އިންޑިއާގެ ތަފާތު ތަންތަނުގައި ޝޫޓް ކުރުމަށް ބާރުއަޅާފައިވެ އެވެ.
އިންޑިއާ - ރާއްޖެ މައްސަލާގައި ބޮލީވުޑްގެ ބައެއް ތަރިން ވެސް ރާއްޖެއަށް ނައުމަށް ހިތްވަރުދޭ މޭރުމަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ރާއްޖެއަކީ ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ޝޫޓް ކުރެވިފައިވާ އަދި މަޝްހޫރު ގިނަ ތަރިންތަކެއް ޗުއްޓީއަށް ވެސް އަންނަ މަންޒިލެކެވެ.
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
މިފްކޯއަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުވެއްޖެ
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރު ޒަރީރު