އުމްރާއާއި ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައޫދީ އަރަބިއާއަށް ދަތުރުކުރާ މުސްލިމުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށްޓަަކައި އެއާޓެކްސީ ތައާރަފް ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ސައޫދީ އަރަބިއާގެ ގައުމީ އެއާލައިން ސައޫދީއާއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓްގައި މައިގަނޑު ގޮތެއްގައި އުފުލާނީ ޖިއްދާގައި ހުންނަ ކިންގް ސަލްމާން އެއާޕޯޓުން އެގައުމުގެ އެކި ސަރަހައްދުތަކުގައިވާ ހޮޓަލްތަކަށް ދާ ހައްޖާޖީންނެވެ.
ހައްޖާޖީންނަށްޓަކައި އެއާ ޓެކްސީ ތައާރަފް ކުރުމުގައި ހައްޖާއި އުމްރާ މޫސުމުގައި އާއްމުކޮށް ބާރުބޮޑުވެ ތޮއްޖެހޭ ސައުދީ އަރަބިއާގެ މަގުތަކަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމެކެވެ.
ހަބަރުތައް ބުނާ ގޮތުގައި މި އުދުހުންތަކަށް ހާއްސަކޮށްގެން އެ ގައުމުން ގެންނަ އިލެކްޓްރިކް ވައިގެ އުޅަނދުތަކަކީ އަވަސް އަދި ހަރަދުކުޑަ އުޅަނދުތަކަކަށް ވާނެ ކަމަށެވެ.
ސައޫދީ އަރަބިއާއަށް ކޮންމެ އަަހަރަކު އެވްރެޖްކޮށް 13.5 މިލިއަން މުސްލިމުން އުމްރާއާއި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދަތުރުކުރެ އެވެ.
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި