އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމަށްއެދޭ ޕާޓީގެ މެމްބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ފުރިހަމަކޮށް ފައި ހުށަހަޅަންޖެހޭނެ ކަމަށް އިއުލާންގައިވެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުން އޮންނާނީ އަންނަ މަހުގެ 2 ގަ އެވެ.
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި