އާއްމު ސިއްހަތަށް ގެއްލުން ވާކަމަށް ބުނެ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ތަމިލްނާޑޫގައި ކަފަލޮލީ ވިއްކުމާއި ބޭނުން ކުރުން މުޅިން މަނާކޮށްފި އެވެ.
ތަމިލްނާޑޫގެ ސިއްހީ އިދާރާތަކުން މި ނިންމުން ނިންމާފައި މިވަނީ ކަފަލޮލީގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވޭ ކަމަށް ބުނެ ފުޑް ސޭފްޓީ އޮފިޝަލުން އިންޒާރު ދިންތާ ދެ ދުވަސް ފަހުންނެވެ.
އެ ބޭފުޅުން ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި ކަފަލޮލީ ހެދުމުގައި ބޭނުންކުރާ އުކުޅުގެ ސަބަބުން ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ރޮޑޮމައިން-ބީ އޭގައި އާލާވެ އެވެ.
މިއާއެކު ތަމިލްނާޑޫގައި ކަފަލޮލީ ވިއްކުމާއި ބޭނުން ކުރުމަކީ އިންޑިއާގެ ފުޑް ސޭފްޓީ އެކްޓްގެ ދަށުން ގާނޫނީ އަދަބު ކުރިމަތިވާނެ ކަމެކެވެ.
ކަފަލޮލީއަކީ އިންޑިއާގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކެއުމެކެވެ. އެހެން ނަމަވެސް އެއީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަން މިހާރު މިވަނީ އެނގިފަ އެވެ.
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
އިންސާނުންނަށް އުފާވެރިކަން ލިބެނީ ކޮން ކަމަކުން؟
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!