ފުލުހުންގެ ތަރުޒަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އަނެއްކާވެސް ހަމަޖައްސައިފި އެވެ.
ތަރުޖަމާނަކަށް އައްޔަނުކުރި އިރު ޝިފާން ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑްގެ މަގާމުގަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަށް ތަރުޖަމާނުގެ މަސްއޫލިއްޔަތު ހަވާލުކުރީ މިހާރު އަދާކުރައްވަމުންދާ މަގާމުގެ މަސްއޫލިއްޔަތުތަކުގެ އިތުރަށެވެ. ފުލުހުންގެ ހިދުމަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ޝިފާން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވައިފަ އެވެ.
ޝިފާނަކީ އޮސްޓްރޭލިޔާއިން ތައުލީމު ހާސިލު ކުރެއްވުމުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ޕޮލިސް ކޮލެޖުތަކުން ތަމްރީނުވެފައިވާ ބޭފުޅެކެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި