ޓެކްނިކަލް މައްސަލައެއް ދިމާވެ އުރީދޫގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.
އުރީދޫން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ނެޓްވޯކުގެ ހިދުމަތް ބޭނުންކުރާ ބައެއް ކަސްޓަމަރުންނަށް ވޮއިސް އަދި މޯބައިލް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫން ބުންޏެވެ.
"ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަސްޓަމަރުންނަށް ވޮއިސް އަދި މޯބައިލް އިންޓަނެޓްގެ ހިދުމަތް ވަނީ މެދުކެނޑިފައި،" އުރީދޫން ބުންޏެވެ.
"އަޅުގަނޑުމެންގެ އިންޖީނިއަރުން އަންނަނީ ވީހާވެސް އަވަހަށް މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން،"
އުރީދޫން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަށް މާފަށް އެދިފަ އެވެ.
ހިތަދޫ އެކްސިޑެންޓް: 3 ކުދިންގެ ބައްޕަ މަރާ ހަނގުރާމަކުރަނީ
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!