ރީތިކޮށް އިސްތަށިގަނޑު ގެންގުޅުމުގައި ގިނަ ބަޔަކަށް ދިމާވާ އެއް އެންމެ ބޮޑު އެއް އުނދަގުލަކީ އިސްތަށިގަނޑުގައި ޖެހޭ ގޮށް ފިލުވުމެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ގޮށްތައް ފިލުވާލެވޭނެ ބައެއް ގޮތްތަކަށެވެ.
ކާށި ތެޔޮ
ކާށި ތެލުން އިސްތަށިގަނޑު އޮމާންކޮށްދީ އިސްތަށިގަނޑަށް ވިދުން ގެނެސްދޭއިރު ތަޖުރިބާކާރުން ބުނާގޮތުގައި ކާށި ތެލުން އިސްތަށިގަނޑުގައި ޖެހޭ ގޮށް ފިލުވުމަށް އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދުމުގެ ކުރިން އިސްތަށިގަނޑުގެ ގޮށްޖެހިފައި ހުރި ހިސާބުގައި ކާށި ތެޔޮ ހޭކުމަށް ފަހު ހެނދުނު ހޭލައިގެން އިސްތަށިގަނޑު ދޮވެލުމެވެ.
ލުނބޯ ހުތް
ލުނބޯ ހުތަކީވެސް އިސްތަށިގަނޑުން ގޮށް ފިލުވުމަށް ބޭނުންކުރެވިދާ މުހިންމު އެއްޗެކެވެ. މިގޮތުން ދެތަށި ފެނަށް ތިން ސަމްސާ ލުނބޯ ހުތް އެޅުމަށްފަހު އިސްތަށިގަނޑު ދޮވެލުމުން ގޮއްތައް އިސާހިތަކު ފިލާނެ އެވެ.
މަޔޮނައިސް
މެޔޮނައިސްއިން އިސްތަށިގަނޑުގައި ޖެހޭ ގޮށްތަކުގެ ތެރޭގައި ހުންނަ މާއްދާތައް ނައްތާލަދޭއިރު، މަޔޮނައިސް ހާކައި ކުޑަ ވަގުތުކޮޅަކަށް ބެހެއްޓުމަށްފަހު ފުނަލަކުން އިސްތަށިގަނޑުގެ ގޮށްތައް ފިލުވުމަށް މަސައްކަތް ކުރާށެވެ.
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި