ރޯދަ މަހު ރޯދަ ނުހިފައި އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ރޯދަ ނުހިފި މައްސަަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުގައި އޭނާ ވަނީ އެކަމަށް އިއުތިރާފުވެފަ އެވެ. އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރުގައިވާގޮތުން އޭނާ ރޯދަ ނުހިފާ ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓު ވެސް ހުށަހަޅާފައިވެ އެވެ.
އޭނާ ބަންދުކޮށްފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ނިންމައި ކޯޓުން އަމުރު ކުރީ އޭނާ 10 ދުވަހަށް ބަންދުކުރުމަށެވެ.
ރޯދަ ނުހިފާ އުޅުނު މީހަކު މާލެއިން މިދިޔަ މަހުގެ 24 ގައި ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 40 އަހަރުގެ މީހެކެވެ.
ސަލްމާންގެ އާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟
