ހދ. ވައިކަރަދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސްތަކެއް މަރުވެ ކުނިވެއްޖެ އެވެ.
ވައިކަރަދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސްތައް މަރުވެފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މަރުވެފައިވާ މުށިމަސްތައް މިހާރު ވަނީ ނަގައިފަ އެވެ. މުށިމަސްތައް ގެނުމުގައި އެރަށު ކައުންސިލާއި އާންމު ރައްޔިތުން ބައިވެރިވެފައިވެ އެވެ. އަދި އެ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ އަމަލީގޮތުން އެކަމުގައި ބައިވެރިވެފަ އެވެ.
މީގެކުރިން ވެސް ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެފައިވެ އެވެ. އެއީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން