ދުނިޔޭގައި މިހާތަނަށް ތަރައްގީކުރާ އެންމެ ބޮޑު އެއާޕޯޓުގެ ގޮތުގައި ތަރައްގީ ކުރެވޭ "އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓު"ގެ މަސައްކަތް ދުބާއީގައި ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އަލަށް ތަރައްގީ ކުރެވޭ މި އެއާޕޯޓަކީ މިހާރު ދުބާއީގައި ބޭނުންކުރާ އެއާޕޯޓަށްވުރެ ފަސް ގުނަ ބޮޑު އެއާޕޯޓެކެވެ.
އެގޮތުން މި އެއާޕޯޓުގައި 400 އަށްވުރެ ގިނަ ފުރާމީހުންގެ ގޭޓު ހިމެނޭއިރު އަހަރަކު 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގައުމުގެ ހިދުމަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.
55 އަކަމޭލުގެ ސަރަހައްދެއްގައި އިމާރާތް ކުރެވޭ މި އެއާޕޯޓަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭ 35 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.
އަލަށް ތަރައްގީ ކުރެވޭ އެއާޕޯޓާއެކު ދުބާއީއަކީ ދުނިޔޭގައި މިހާރަށްވުރެ ވެސް މަގުބޫލު މަންޒިލަކަށް ވާނެ ކަމަށް ދުބާއީގެ ސަރުކާރުން ބުނެ އެވެ<
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟