އިއްޔެއަކީ ބޮލީވުޑްގެ މަގުބޫލު އެކްޓަރު އަނުޝްކާ ޝަރްމާގެ 36 ވަނަ އުފަން ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި އާއްމުންގެ ގިނަ ބަޔަކު ވެސް އޭނާއަށް ތަހުނިޔާ ކީއިރު އެންމެ ފާހަގަވީ ފިރިމީހާ ވިރާޓް ކޯލީ އަނުޝްކާއަށް ދިން ލޯބި މެސެޖެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ވިރާޓް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަނުޝްކާއާ ބައްދަލު ނުވިނަމަ އޭނާގެ ހަޔާތް ގެއްލުމެއްގެ ތެރޭގައި ވީސް ކަމަށާއި އަނުޝްކާއަކީ އޭނާގެ އަނދިރި ދިރިއުޅުމަށް ލިބުނު އަލިކަން ކަމަށެވެ.
އެ މެސެޖާއެކު ޕޯސްޓްގައި ވިރާޓް ވަނީ އޭނާއާއި އަނުޝްކާ ވަރަށް ފަހުން ޗުއްޓީއަކަށް ގޮސް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އަނުޝްކާއާއި ވިރާޓްއަކީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ދެމަފިރިންނެވެ. އެ ދެމީހުންނަކީ ވަރަށް ގިނައިން އެކަކު އަނެކަކަށް އޮތް ލޯބި އާއްމުކޮށް ހިއްސާކުރާ ދެމީހުންނެވެ.
2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރި އަނުޝްކާއާއި ވިރާޓްއަށް މިހާރު ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ. އެއީ ވަމިކާއާއި އަކޭއި އެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟