ސްކޫލް ޗުއްޓީއާ ދިމާކޮށް، މިދިޔަ ހަފްތާގައި 2581 މީހުންނަށް ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންއިން ބުނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް އެދެމުންދާ ކަމަށެވެ. އެގޮތުން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްކޫލް ޗުއްޓީ ފެށިފައިވާއިރު، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 2581 މީހަކަށް ޕާސްޕޯޓު ދޫކޮށްފައިވާކަމަށް އިމިގްރޭޝަން އިން ބުނެ އެވެ.
ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން މާލެ ފިޔަވައި ދެން ހުރި ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
