އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން ފަލަސްތީން ސަރުކާރުން ޝުކުރު އަދާކޮށްފި އެވެ.
އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލައްވާ އިއްޔެ އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއް ރިޕޯޓްކޮށް ފަލަސްތީންް ސަރުކާރުން ވަނީ ރާއްޖެއަށް ލިބޭ ޕްލެޓްފޯމްތަކުގައި ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށް ބުނެފަ އެވެ.
މި ޕޯސްޓަށް ގިނަ ދިވެހިން ވަނީ ރިޕްލައިކޮށް ފަލަސްތީނަށް ދިވެހިން ދެމުންދާ ސަޕޯޓު ދައްކުވައިދީފަ އެވެ.
ދާދި ފަހުން ޔޫއެންގެ ޖެނެރަލް އެސެމްބްލީ އިން ފަލަަސްތީނަށް ފުލް މެންބަޝިޕް ހޯދުމަށް ކަމަށް ބުނެ ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ފަލަސްތީނަށް ފުލް މެންބަރުކަން ލިބޭނީ ސެކިއުރިޓީ ކައުންސިލްގެ ހުރިހާ ގައުމެއްގެ ރުހުމާއެކުގައި ކަމަށް ވާތީ މި ކަމަށް އެމެރިކާގެ ރުހުން ލިބޭނެ ކަމަށް ނުބެލެވެ އެވެ.
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާ އިން ޒަމާނީކުރަނީ
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި